ހަނިމާދޫގައި ބޫސްޓަރ ޑޯޒް ޖެހުން ހަފުތާގެ 3 ދުވަހު ކުރިއަށް ގެންދަން ނިންމައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫގައި ބޫސްޓަރ ޑޯޒް ޖެހުން ހަފުތާގެ 3 ދުވަހު ކުރިއަށް ގެންދަން ނިންމައިފިއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން މިރޭ ބުނީ ހަނިމާދޫގައި ކޮވިޑް19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ 3 ވަނަ ޑޯޒް (ބޫސްޓަރ ޑޯޒް) ޖެހުން ހަފުތާގެ ތިން ދުވަހު ކުރިއަށް ދާނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެއީ ބުދަ، ބުރާސްފަތި، އަދި ހޮނިހިރު ދުވަހެވެ. ބުދަ އަދި ބުރާސްފަތި ދުވަހު 12:30 ން 13:30 އަށް ވެކްސިން ޖަހަށް 30 ނަންބަރު ދޫކުރާނެކަމަށާއި ހޮނިހިރު ދުވަހު ހެނދުނު 9:00 ން 12:00 އަށް ވެކްސިން ޖަހަން 60 ނަންބަރު ދޫކުރާނެކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދެއެވެ.

ބޫސްޓަރ ޑޯޒް ޖެހޭނީ ކޮވިޑް 19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 6 މަސްވެފައި ވާނަމައެވެ. އަދި ކޮވިޑް 19 ޕޮޒިޓިވް ވެއްޖެނަމަ އެފަރާތަކަށް ބޫސްޓަރ ޑޯޒް ޖެހޭނީ ބަލިން ރަނގަޅުވެ 28 ދުވަސް ފުރިހަމަ ވުމުނަކަމަށް އެ މަރުކަޒުން މައުލޫމާތުދެއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒު ބުނީ އަލަށް 12 އަހަރުވާ ކުދިންނަށް ފައިޒާ ވެކްސިން ޖެހުމާއި ދެވަނަ ޑޯޒް ފުރިހަމަ ކުރަން ވެކްސިން ޖެހުވެސް ހަފުތާގެ އެ ތިން ދުވަހު އެގަޑިތަކުގައި ކުރިއަށް ދާނެކަމަށެވެ.

ވެކްސިން ޖަހަން ދާއިރު ސަމާލުވާންވީ ބައެއް ކަންކަން:

  • އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން
  • ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުން
  • ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއް ލުން
  • ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
  • ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
  • ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ