މަޑިވަރު އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި

ޚަބަރު ފަހުގެ

ޅ. މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓް ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

މި އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ޅ.އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އިޝްތިހާރު
އިޝްތިހާރު

އެއާޕޯޓަށް ދަތުރުތައް ފެށުމުގެ ހުއްދަ އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އަދި އެއާޕޯޓުގެ ފުރަތަމަ ބޯޑިން ފާސް ރައީސް ސޯލިހާ ހަވާލުކޮށްދެއްވީ އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިއާދު އެވެ.

ޖުމްލަ 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ކުރެއްދޫ ހޯލްޑިންސް އިން 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ތަރައްގީކުރި މަޑިވަރު އެއާޕޯޓް ހިންގަން ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.

އެއާޕޯޓް އެޅުމަށް ކުރެއްދޫ ހޯލްޑިންސްއާ އެކު އެއްބަސްވުމުގައި ސޮއިކުރީ މެއި 29، 2018 ގައެވެ. މަޑިވަރު އެއާޕޯޓުގެ އަމަލީ މަސައްކަތްކުރީ ޗައިނާގެ ބީޔޫސީޖީންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ