ފެނަކައިން އިންޖީނުގެތައް ހިންގާ ހުރިހާ ރަށަކުން މަސްވެރިންނަށް އައިސް ފޯރުކޮށްދޭން ފަށަނީ

ޚަބަރު ފަހުގެ

ފެނަކަ ކޯޕަރޭޝަނުން އިންޖީނުގެތައް ހިންގާ ހުރިހާ ރަށަކުން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ނައިފަރު ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ފެނަކައިގެ އިންޖީނުގެތައް ހުންނަ ރަށްރަށުން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

“ފެނަކައިން އެ ގެންދަނީ އެ މަޝްރޫއު ރާވާ ކުރިޔަށްގެންދިޔުމުގެ އަމަލީ މަސައްކަތް ފައްޓަން ތައްޔާރުވަމުން.” ރައީސް ވިދާޅުވިއެވެ.

ރައިސް ސާލިހު ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަކީވެސް ސަރުކާރުން މުހިއްމު އިސްކަމެއް ދެއްވާކަމެެއްކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައީދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި އައިސް ފޯރުކޮށްދިނުމަށް ޕްލާންޓްތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިއީ އެ ކުންފުނީގެ ޒިންމާގެ ތެރޭގައި ހިމެނޭކަމެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ