ހއ. ހޯރަފުށި އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.
މި މަސައްލަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި ޝިޕްމަންޓް ގެންގޮސްފައި ވަނީ އިއްޔެއެވެ.
މި މަޝްރޫއުގެ ދަށުން، ހޯރަފުށީގެ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރާނެއެވެ.
މިއީ 90.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.