މާލެ އިން ރަށްރަށަށްދާ އިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭނެ

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ ޞިއްހަތު

މާލެ ސަރަޙައްދުން ދަތުރުކުރުމުގައި ކޮވިޑް-19ގެ ޕީސީއާރް ޓެސްޓު ހެދުން މަޖުބޫރުކޮށްފައި އޮތް އޮތުމަށް އެޗްޕީއޭ އިން މިރޭ ނިމުން ގެނެސްފި އެވެ.

އެޗްޕީއޭ އިން ބުނީ މާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުމުގެ ކުރިން ޕީސީއާރް ޓެސްޓް ހަދަންޖެހޭ ގޮތަށް އޮތް އޮތުން މާދަމާ އިން ފެށިގެން އުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ފިޔަވަޅުގެ އިތުރުން އެޗްޕީއޭ އިން ވަނީ މާލޭގައި މީހުން އެއްވެ އުޅުމާއި، ހަފްލާތަކާއި އިވެންޓްތައް ބޭއްވުމަށް އޮތް ލިމިޓް އުވާލުމަށާއި އަދި ކުޅިވަރު މުބާރާތްތަކަށް ކުޅިބަލާ މީހުންނަށް ނުވަދެވޭ ގޮތަށް އޮތް އޮތުން ވެސް ނިމުމަކަށް ގެނެސްފަ އެވެ.

މި ފިޔަވަޅުތައް އުވާލި ނަމަވެސް އެޗްޕީއޭ އިން ވަނީ ކޮވިޑުން ރައްކާތެރިވުމުގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

މި ފިޔަވަޅުތައް އެޅީ މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެންނެވެ. ނަމަވެސް މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ ބޮޑުތަނުން ދަށްވެފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ