ުވިލިމާލޭގެ މަގުތަކުގައި ރޭމްޕް ހެދުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙް ކޮށްފި

ޚަބަރު ފަހުގެ

ވިލިމާލޭގެ ބައެއް މަޝްރޫއުތައް އިފްތިތާހު ކުރެއްވުމަށް، މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ވިލިމާލެއަށް ކުރެއްވި ދަތުރުފުޅުގައި ވިލިމާލޭގެ މަގުތަކުގައި ރޭމްޕް ހެދުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙް ކޮށްފިއެވެ.

ރޭމްޕް ހެދުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވާ މުއިއްޒު ވިދާޅުވީ މިއަދު އިފްތިތާޙް ވެގެން ދިޔަ މި މަޝްރޫއުގެ މަސައްކަތް 29 ޖެނުވަރީން ފެށިގެން ކުރިއަށް ދާކަމަށާއި މިއަދާހަމައަށް 68 ސަރަހައްދެއްގައި ރޭމްޕް ހެދިފައިވާކަމަށެވެ. އަދި ބާކީ ހުރި 45 ރޭމްޕް 15 ދުވަސްތެރޭ ނިންމާލެވޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

“އިރާދަކުރެއްވިއްޔާ ޕަބުލިކް ޔޫސްކުރާ ހުރިހާ އިމާރަތެއްގައިވެސް ހާއްސައެހީއަށް ބޭނުން ވާ ފަރަތްތަކަށް ފަސޭހައިން ވަދެނިކުމެވެވޭ ތަނަކަށް ހެދުން، އަދި މިކަމަށް ކައުންސިލުން ވަރަށް އިސްކަންދީގެން ކުރާނަން.” މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ