ބޮޑުފޮޅުދޫ ކައުންސިލް ތިން އަހަރުގެ ބުރަމަސައްކަތުގެ ނަތީޖާ ވަރަށް ފޮނި، މުޅި ރާއްޖެއިން 1 ވަނަ

ޚަބަރު ފަހުގެ

ކަމު ވޮށިގެން ވާ މާލީމީއަކު ހުރިނަމަ ކާމިޔާބު ހޯދުން ވަރަށް ފަސޭހަވާނެއެވެ. އަދި މާލިމީ ހެވިއްޔާ ފަޅުވެރިން ރަނގަޅު ނުވެ ނުދާނެއެވެ. މިއީ ދުނިޔަވީ ހަގީގަތެވެ.

އާދެ 2016 ވަނަ އަހަރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ކައުންސިލްތައް މިންކޮށް ވަނަދޭން ފެށިއެވެ. އެއާއެކު ކައުންސިލުތަކުގެ ވާދަވެރިކަން އިތުރުވިއެވެ. އެކި ކައުންސިލްތަކަށް އެކިވަނަ ލިބެމުން ދިޔައެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތުން 2017 އަދި 2018 ބޮޑުފޮޅުދޫއަށް މާ ކަމިޔާބު އަހަރަކަށް ނުވީ ނަމަވެސް 2019 ވަނަ އަހަރު ބޮޑުފޮޅުދޫ ކައުންސިލް ވަނީ އއ އަތޮޅުން 3 ވަނަ އަދި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކައުންސިލުގެ ވަނަ ހޯދާފައެވެ.

އެޔާއެކު އިތުރު ހިތްވަރެއްލާ މުޅި ރާއްޖެއިން އެއްވަނަ ހޯދުމަށް އަތުކުރި އޮޅައިލިއެވެ. އޮޑީ ރިޔާ ތައްމިނަށް ހުޅުވާ ދޫ ކޮށްލީއެއްނޫނެވެ. ވަޔަށް ހެހޮވަރު ކުރަމުން އޮޑި ދުއްވިއެވެ. އޮޑި ދުއްވިއިރު މާލިމީ އަށް ލިބިފައި ތިބީ ރަންގަޑެއްފަދަ އަގުހުރި ފަޅުވެރިންނެވެ. މާލިމީގެ އިރުޝާދާ އެއްގޮތަށް ވަރުބަލި ކަމެއްނެތި މަސައްކަތްކުރުމުގައި ރެޔާދުވާލު ހޭދަކުރީއެވެ.

މިކަމުގެ ނަދީޖާ އެހާމެ ހިތްގައިމުވެފައި ފޮންޏެވެ. 2020 ވަނައަހަރުގެ ހާސިލް ކުރަން އަޒުމް ކަނޑައެޅި ލަނޑުދަނޑި ހާސިލް ކުރީއެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ކައުންސިލްތައް މިންކޮށް ވަނަދިން އިރު ބޮޑުފޮޅުދޫ ކައުންސިލުން 6 އެވޯޑް ހާސިލްކުރިއެވެ. އެއީ މުޅި ރާއްޖެއިން 1 ވަނަ ކައުންސިލް އާއި އެފެކްޓިވްނަސް، ޕާޓިސިޕޭޝަން އަދި އެކައުންޓެބިލިޓީގެ އިތުރުން ސެކިޔުރިޓީ 1 ވަނަ ހާސިލްކުރީއެވެ.

މި ފޮނި ކާމިޔާބީ ލިބުމުން ބޮޑުފޮޅުދޫ ކައުންސިލް ރައީސް ރައްޔިތުންނާ ބައްދަލުކޮށް ވިދާޅުވީ މިއީ ރައްޔިތުންނާ ކައުންސިލުން ކުރި މަސައްކަތުގެ ފޮނި މީރުކަން ކަމަށެވެ. އަދި ރައްޔިތުން އެއްބާރުލުން ނުދިންނަމަ މިކަން ހާސިލް ނުވާނެކަމަށްވެސް ބުންޏެވެ.

އަދި މިފަދަ އެވޯޑެއް ތައާރަފުކޮށް ދިނުމަކީ ކައުންސިލްތައް ބާރުވެރި ކުރަން ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ކޮށްފައިވާ ވަރަށް ރަނގަޅު ކަމެއްކަމަށެވެ. އެކަމަށް އެ އޮތޯރިޓީއަށާއި ސަރުކާރަށް ޝުކުރު ދަންނަވާ ކަމަށްވެސް ބޮޑުފޮޅުދޫ ކައުންސިލް ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ