މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ މަޤާމަށް ނާޞިޙް

ޚަބަރު ފަހުގެ

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ މަޤާމަށް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނައިބުގެ މަޤާމުގައި ހުންނެވި ގދ. ތިނަދޫ، ޑެން، މުޙައްމަދު ނާޞިޙް ރަޝީދު އައްޔަން ކުރައްވައިފިއެވެ.

މުޙައްމަދު ނާޞިޙް ރަޝީދު މީގެ ކުރިން ވަނީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ރައީސްގެ މަޤާމާއި އެ ކައުންސިލުގެ މެންބަރެއްގެ މަޤާމު ވެސް ފުރުއްވައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

މުޙައްމަދު ނާޞިޙް ރަޝީދަކީ ބެޗެލަރ އޮފް ޝަރިޢާ އެންޑް ލޯ ކިޔަވާ ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ ކުރިން ނާޞިޙް ވަނީ ޑިޕްލޮމާ އިން ޕްރޮޖެކްޓް މެނޭޖްމަންޓާއި، އެޑްވާންސް ސެޓިފިކެޓް އިން ޔޫތު ޑިވެލޮޕްމަންޓާއި، އޮފީސް އެޑްމިނިސްޓްރޭޝަން އަދި ޕާކިސްތާނުން ނެޝަނަލް ސަޕޯޓް ޕްރޮގްރާމްގެ ކޯހެއް ވެސް ފުރިހަމަ ކުރައްވާފައެވެ.

ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ކުރިން ދެ ބޭފުޅުން ތިއްބެވިއެވެ. ކުރިން ސްޓޭޓް މިނިސްޓަރަށް ހުންނެވި އަސްއަދު އަލީ، ވަނީ ޖަލު ހުކުމެއް އައުމާ ގުޅިގެން އެ މަޤާމުން ވަކިކޮށްފައެވެ. އޭނާ މަޤާމުން ވަކިކުރީ ޖިންސީ ކުށުގެ ދައުވާތަކެއް ލިބޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފޮނުވައިލުމުގައި ޖާމިނުވި މީހާގެ ޙައިސިިއްޔަތުން، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 15 ދުވަހުގެ ޖަލު ހުކުމާ ގުޅިގެންނެވެ. އަސްއަދު އަލީ މަޤާމުން ވަކިކޮށްފައި ވަނީ ފެބްރުރުއަރީ 2ވަނަ ދުވަހުއެވެ.

މިހާރު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވީ ހުސެއިން އިސްމާއީލެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ