މިފްކޯ އިން މަސް ގަންނަ އަގު މިއަދުން ފެށިގެން ކިލޯއަކުން 1 ރުފިޔާއަށް ބޮޑުކޮށްފި

ޚަބަރު ފަހުގެ

މިފްކޯ އިން މަސް ގަންނަ އަގު މިއަދުން ފެށިގެން ކިލޯއަކުން 1 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ މިއަދުން ފެށިގެން މަސްވެރިންގެ އަތުން މަސްގަންނާނީ މިހާރު ގަންނަ އަގަށް ވުރެބޮޑު އަގެއް ކަމަށާއި އެހެން ކަމުން، މަސްދަޅުގެ އަގު ބޮޑުވާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ފައުޒީ ވިދާޅުވީ 1.5 ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި މިހާރު ގަންނަނީ 17 ރުފިޔާއަށް ކަމަށާއި ކުރިން ގަންނަމުން އައީ 16 ރުފިޔާއަށް ކަމަށެވެ. އަދި އައިސް އެޅި، އައިސް ނާޅާ މަސް ގަންނަމުން އައީ 14 ރުފިޔާއަށް ކަމަށާއި މީގެއަގު 15 އަށް ބޮޑުކޮށްފައިވާ ކަމަށް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ، މަސްދަޅުގެ އައު އަގުތަކުގެ ތަފްސީލު މިފްކޯގެ ސޭލްސް ޓީމުން ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ