ފެނަކާއިން ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތްތަކާ ހަވާލުވެއްޖެ

ޚަބަރު ފަހުގެ

ރާއްޖޭގައި ޔޫޓިލިޓީގެ ހިދުމަތް ދެމުން އަންނަ އެންމެ ބޮޑު ކުންފުނި ފެނަކަ ކޯޕަރޭޝަންއިން ކ. ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޙިދުމަތްތަކާ ހަވާލުވެއްޖެއެވެ.

މިކަމައްޓަކައި ހުރާގައި މިއަދު ބޭއްވި ޙާއްސަ ރަސްމިޔާތުގައި އެރަށުގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތް ފެނަކައާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ހުރާ ކައުންސިލުގެ ރައީސް ޢީސާ އަޙްމަދެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކާގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު އެވެ

އިޝްތިހާރު
އިޝްތިހާރު

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ.

ފެނަކައިން އެ ރަށުގެ ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތާ ހަވާލުވި އިރު، އެ ރަށުގައި މީގެ ކުރިން ހިންގަމުން އައީ ރައްޔިތުންގެ އިންޖީނުގެ އެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ