މާލީ ކަންކަމުގައި ބައިވެރިވުން އޮތް މިންވަރު ބެލުމަށް ސާވޭއެއް ހަދަނީ

ޚަބަރު ފަހުގެ

މާލީ ކަންކަމުގައި ދިވެހިންގެ އެންމެންގެ ބައިވެރިވުން އޮތް މިންވަރެއް ބެލުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ސާވޭ އެއް ހެދުމަށް ނިންމައިފިއެވެ.

އެމްއެމްއޭގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީނިއާ މެނޭޖަރު ޢާއިޝަތު އަސްނާ ޙަމްދީ އެ ދިރާސާ އަކީ ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓަޖީ އެކުލަވާލުމަށްޓަކައި ކުރާ ކަމެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ދިރާސާގެ ބޭނުމަށް 1500 މީހުންނާ ސުވާލު ކުރާނެއެވެ. އަދި މިއީ ވަކި ތަރުތީބެއް ނެތި ދައުވަތު އެރުވޭ މީހުން ކަމުން އެ އެންމެންގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދިރާސާގައި މައުލޫމާތު އެއްކުރާނީ ބޭންކިން އާއި މޯބައިލް ޕޭމަންޓުގެ ޚިދުމަތް ބޭނުންކުރާ މިންވަރު އަދި ކޮލިޓީ އާއި އިންޝޫރެންސް ބޭނުންކުރާ މިންވަރު އަދި ކޮލިޓީ އާއި މާލީ ކަންކަމާބެހޭ މައުލޫމާތު ހުރި މިންވަރަށެވެ. މީގެއިތުރުން ކޮންސިއުމަރުންގެ ރައްކާތެރިކަމާމެދު ހޭލުންތެރިކަން ހުރި މިންވަރާއި އިޖުތިމާއީ ޑިމޮގްރެފިކްސާއި ފައިސާގެ ބޭނުން ހިފާ ގޮތާއި މޫސުމީ ބަދަލުތަކުގެ ހިރާހާއި އެ ބަދަލުތަކަށް ވިލުންވެރިކަން ހުރި މިންވަރުގެ މައްޗަށް ވެސް ދިރާސާގެ މައުލޫމާތު އެއްކުރާނެއެވެ.

މި ދިރާސާ ކުރުމަށް ހަމަޖެހިފައިވަނީ އެފްޖޭއެސް ކޮންސަލްޓިންއާ ހަވާލުކޮށްގެންނެވެ. އެ ކުންފުނިން ބުނީ އެ ސާވޭކުރާ އެއްވެސް އެނިއުމޭޓާރެއް ނާހާނެ އެއްވެސް ބޭފުޅެއްގެ ބޭންކް އެކައުންޓް ނަންބަރު ދިނުމަކަށް، އަދި ފައިސާއެއް ޓްރާންސްފާ ކޮށްދިނުމަކަށް ނާހާނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ