އުނގޫފާރު މަގުހެދުމުގެ މަޝްރޫއު ބާރަށް ކުރިއަށް

ޚަބަރު ފަހުގެ

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއު ބާރަށް ކުރިއަށްދަމުން އަންނަކަން އެމްޓީސީސީން ހާމަކޮށްފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، މިހާރު ކުރިއަށް ދަނީ ކޭބަލް ޖަންކްޝަންއާއި، ކާރބް ގައު އަދި ޕޭވްމަންޓް ބްލޮކްތަކުގެ ކާސްޓިންގ މަސައްކަތްތައް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަޝްރޫއުގެ ދަށުން، 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަަޙައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި ތާރު އެޅުމުުގެ މަސައްކަތް ކުރުމާއި، 2291.75 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އުނގޫފާރު މަގުހެދުމުގެ މަޝްރޫއަކީ 21.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ