ފަޅުމަތީމަގުގައި އެކި ފަރާތްތަކުން ބަހައްޓާފައިވާ މުދާތައް ނެގުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފި

ޚަބަރު ފަހުގެ

މާލޭގެ ދެކުނު ފަރާތު ކުރީގެ 01 ނަމްބަރ ކުނިކޮށި ހިމެނޭ ސަރަހައްދުގެ ފަޅުމަތީމަގުގައި އެކި ފަރާތްތަކުން ބަހައްޓާފައިވާ މުދާތައް ނެގުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލޭ ދެކުނު ފަރާތު ކުރީގެ އެއް ނަމްބަރ ކުނިކޮށި ހިމެނޭ ސަރަހައްދުގެ ފަޅުމަތީ މަގުގައި އެކި ފަރާތްތަކުން މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމާއި،މަގުމައްޗަށް ގިނަ އަދަދަކަށް ކުނި އަޅަމުން ގެންދާތި ޢާންމުރަތްޔިތުންގެ ފަރާތުންނާއި،ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެމައްސަލަ ކައުންސިލާއި ހިއްސާ ކުރަމުންދާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތުން ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވަނީ މި ކަމަކީ މީގެކުރިންވެސް އެތައްފަހަރަކު މިކައުންސިލުން މަނާކޮށް ނުކުރުމަށް އެފަދަ ފަރާތްތަކަށް އަންގާފައިވާ ކަމަކަށް ވުމާއެކު މިހާރު އެސަރަހައްދުގެ މަގުމަތީގަޔާއި، ނީލަންމުދާ ( ބައުމުދާ )ވިއްކާ ގޮޅިތަކުން ބޭރުގައި ހުރި އެކިބާވަތްތަކުގެ މުދަލާއި މަގުމައްޗަށް އަޅާފައިހުރި ކުނިތައް އެތަކެތި ބެހެއްޓި ފަރާތްތަކުން މާރޗް 10 ވަނަ ދުވަހުގެ 18:00 ގެ ނިޔަލަށް ނަގާ ފަޅުމަތީމަގު ސާފު ކުރަން ޖެހޭނެ ކަމަށެވެ.

އަދި މާރޗް 10 ވަނަ ދުވަހުގެ 18:00 ގެ ނިޔަލަށް ނަގާ ފަޅުމަތީމަގު ސާފު ނުކޮށްފި ނަމަ ނުނަގާހުރި ތަކެތި އެކައުންސިލުން ނަގާ ކުނީގެ ގޮތުގައި ނައްތާލާނެކަމަށާއި އެތަކެތި ނެގުމުގައާއި ނެގުމައްފަހު ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް އެކައުންސިލުން ޒިންމާ ނުވާނެ ކަމަށެވެ.

ފަޅުމަތީ މަގު ސާފު ކުރުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން އެތަނުގައި ހުރި މުދާތައް ނަގަން އިއުލާނުކޮށްފައިވާއިރު މާލޭގެ އެކިއެކި ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ގަވާއިދުން ކުރިޔަށް ގެންދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ