ކަސްޓަމްސްގެ ޑާޓާ ނިޒާމަށް މައްސަލަ ދިމާވެ ޚިދުމަތަށް ބުރޫއަރައިފި

ޚަބަރު ފަހުގެ

މޯލްޑިވްސް ކަސްޓަމްސްގެ އޮޓޮމޭޓެޑް ސިސްޓަމް ފޯ ކަސްޓަމްސް ޑާޓާ ނުވަތަ އޭއެސްވައިސީޔޫޑީއޭއަށް މައްސަލަތަކެއް ކުރިމަތިވެ އެ އިދާރާގެ ޚިދުމަތްތަކަށް ވަގުތީ ގޮތުން ބުރޫއަރައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ “އޭއެސްވައިސީޔޫޑީއޭ” ނިޒާމަށް ޓެކްނިކަލް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެ އޮފީހުގެ އައިޓީ ޓީމުން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެ މައްސަލަ ކުރިމަތިވުމާ ގުޅިގެން ކަސްޓަމްސްގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް އެ އިދާރާއިން މައާފަށް އެދިފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ