ފެނުގެ ބެޗެއްގައި ޖަރާސީމު ހުރިކަން ފާހަގަ ކުރެވުނަސް އެ ފެން މާކެޓަށް ނެރެފައި ނުވާނެ – ތާޒާ

ޚަބަރު ފަހުގެ

މިދިޔަ ހަފުތާގައި އެމްޑަބްލިއުއެސްސީން އުފެއްދި ތާޒާ ފެނުގެ ބެޗެއްގައި ޖަރާސީމު ހުރިކަން ފާހަގަ ކުރެވުނަސް އެ ފެން މާކެޓަށް ނެރެފައި ނުވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ މިދިޔަ ހަފުތާގައި އެކުންފުނިން އުފެއްދި ތާޒާ ފެނުން ޝައްކު ކުރެވޭ ކަމެއް ފެނިގެން އެބެޗުގެ ފެން މާކެޓަށް ނެރެފައި ނުވާ ކަމަށެވެ. އަދި އެކުންފުނިން މާކެޓަށް ނެރޭ ފެނުގެ ކޮންމެ ބެޗެއްވެސް މާކެޓަށް ނެރުމުގެ ކުރިން ކޮލެޓީ ޓެސްޓް ކުރާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޝާހު ވަނީ ޖަރާސީމު ހުރި ފެނެއް ކަސްޓަމަރުންނާ ހަމައަށް ނުފޯރާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

މީސް މިޑިއާގައި މިރޭ ވަނީ މަރުވެފައި އޮތް ކާޅެއް އެމްޑަބްލިއުއެސްސީގެ ތާނގިއަކުން ފެނިފައިވާ ކަމަށް ބުނެ ވާހަކަތަކެއް ފެތުރިފައެވެ.

ތާޒާ ފެނުގެ ކޮލެޓީ ހިފެހެއްޓުމަށް އެކުންފުނިން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ