ހަނިމާދޫ އެއަރޕޯރޓްގައި އިމަޖެންސީ އެކްސަސައިޒެއް މާދަންރޭ ބާއްވަނީ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ އިންޓަރ ނޭޝަނަލް އެއަރޕޯރޓްގައި މާދަންރޭ އިމަޖެންސީ އެކްސަސައިޒެއް ބާއްވަން ތާވަލްކޮށްފިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ހިނގާފާނެ ކުއްލި ހާދިސާއެއްގައި ކަމާބެހޭ މުވައްޒަފުން ތައްޔާރަށް ތިބުމަށް، ބޭއްވޭ މި އިމަޖެންސީ އެކްސަސައިޒަކީ އެ އެއަރޕޯރޓްގެ ”އެއާޕޯޓް އިމަޖެންސީ ޕްލޭން“ އާއި އެއްގޮތަށް ބޭއްވެ އެކްސަސައިޒެކެވެ.

އިޝްތިހާރު
އިޝްތިހާރު

މި އެކްސަސައިޒު ކުރިޔަށް ގެންދަނީ ހަނިމާދޫގައި ހުރި މުއައްސަސާތައް ގުޅިގެންނެވެ. އެގޮތުން އެމްއެންޑީއެފް، ޕޮލިސް، ހަނިމާދޫ ސިއްހީ މަރުކަޒު، ކަސްޓަމްސް، އިމިގްރޭޝަން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު، ހަނިމާދޫ ކައުންސިލްގެ އިދާރާ، މޯލްޑިވިއަން ހިމެނޭކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ބުނެއެވެ

މިއީ މިފަދަ އެކްސަސައިޒެއް ކުރިޔަށް ގެންދާ ދެވަނަ ފަހަރެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ