ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ހިންގައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ހިނގާފާނެ ކުއްލި ހާދިސާއެއްގައި ހަރަކާތްތެރިވާނެ ގޮތް ވަޒަން ކުރުމަށް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ރޭ  09:15 ފެށިގެން 11:30 ހިންގައިފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ރާއްޖޭގައި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ރޭގަނޑު ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

މި އިމަޖެންސީ އެކްސައިސައިޒް ކުރިއަށް ގެންދިއުމަށް ކަމާބެހޭ ތަޖުރިބާހުރި ބައެއް ފަރާތްތަކުން ބައިވެރިވެފައި ވެއެވެ. މީގެ އިތުރުން މި ހަރަކާތް އޮބްޒާވްކުރުމަށް ސިވިލް އޭވިއޭޝަނުން ވެސް ބޭފުޅުން ވަނީ ވަޑައިގެންފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި އެކްސަސައިޒް ހިންގުމުގެ ކުރިން މިކަމާއި ގުޅުންހުރި ފުރިހަމަ މަޢުލޫމާތާއި އަދި ތަމްރީނު ދިނުމުގެ ޕްރޮގުރާމުތައް އެކި ދުވަސްތަކުގެ މަތިން މިކަމާއި ގުޅުންހުރި އެންމެހާ ފަރާތްތަކަށް އަމާޒުކޮށް ހިންގާފައިވެއެވެ.

ހަނިމާދޫ އެއަރޕޯޓުގައި ހިނގާފާނެ ކުއްލި ހާދިސާއެއްގައި ކަމާބެހޭ ފަރާތްތައް ހަރަކާތްތެރިވާން ޖެހޭ ގޮތް ބަޔާންކޮށްފައިވާ ”އެއާޕޯޓް އިމަޖެންސީ ޕްލޭން“ ކާމިޔާބުކަމާއި އެކު ކުރިއަށް ގެންދިއުމަށްޓަކައި އެފަދަ ހާދިސާއެއްގައި ހަރަކާތްތެރިވާ ގޮތް ވަޒަންކުރުމުގެ ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް ބާއްވާފައިވަނީ މި ހަރަކާތާއި ގުޅުންހުރި މުއަސްސަސާތައް ގުޅިގެންނެވެ.

އެގޮތުން އެމްއެންޑީއެފް، ޕޮލިސް، ހަނިމާދޫ ސިއްހީ މަރުކަޒު، ކަސްޓަމްސް، އިމިގްރޭޝަން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު، ހަނިމާދޫ ކައުންސިލްގެ އިދާރާ، މޯލްޑިވިއަން، ފެނަކަ، ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، ހަނިމާދޫ ސްކޫލުގެ އިތުރުން ހަނިމާދޫ އެއާރޕޯޓުގެ މުވައްޒަފުން ބައިވެރިވެފައި ވެއެވެ. މީގެ އިތުރުން މި އެކްސަސައިޒްގައި ހަނިމާދޫގެ އާންމުންގެ ތެރެއިން ބައެއް ފަރާތްތައް ވެސް ވަނީ ބައިވެރި ކޮށްފައެވެ.

އެންމެ ފަހުން ހަނިމާދޫ އެއާރޕޯޓްގައި އިމަޖެންސީ އެކްސަސައިޒެއް ބާއްވާފައިވަނީ 2020 ވަނަ އަހަރުގެ މާޗު މަހުގެ 01 ވަނަ ދުވަހުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ