މަޙްލޫފްގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

ޚަބަރު ފަހުގެ

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާ ގުޅިގެން ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައިިކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ ކޯޓުން ބަލައިގެންފިއެވެ.

ދަށު ކޯޓުން މި މައްސަލަ ބޭރުކޮށްލާފައިވަނީ އެއީ މަދަނީ މިންގަނޑުން ބެލޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައެޅުމަށްފަހު މި މަހުގެ ފުރަތަމަ ދުވަހުއެވެ. އެ ކޯޓުން ބުނި ގޮތުގައި އެ މައްސަލަ ބެލެން ނެތް ކަމަށް ނިންމީ މަހްލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުކުރެވޭ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނެތުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މައްސަލަ ދައުލަތުން މި ހަފްތާ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، މައްސަލަ ބަލައިގެންފައިވާކަން އަންގާފައިވަނީ މިއަދެވެ.

މިނިސްޓަރ މަހްލޫފްގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ބާއްވާފައިވާ އިރު، އެދުވަހު މިނިސްތަރ ވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވާފައެވެ.

މިނިސްޓަރ މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލައިފައި މިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، 2014ވަނަ އަހަރުގެ އޮގަސްޓް 27ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކޮށްފައެވެ. އެގޮތުން މަހްލޫފަށް ރިޝްވަތު ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަދީބު ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ