ރާއްޖެ އެތެރެ ކުރަން އުޅުނު 12 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

ޚަބަރު ފަހުގެ

ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު 12 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، މިތަކެތި އަތުލައިގަނެފައި ވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލާފާސް ކުރުުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލާ ފާސް ކުރުމުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ އިދާރާއިން ބުނެފައިވާގޮތުގައި، މާރިޗް އެއް ވަނަ ދުވަހު ބަލާ ފާސް ކުރި ޕާރްސަލްގެ ތެރެއިން މަސްތުވާތަކެތީގެ ދެ ބާވަތެއް ވަނީ ފެނިފައެވެ. އެއީ 546 ގްރާމް އެމްޑީއެމްއޭ އާއި 585 ގްރާމް މެފެޑްރޯންއެވެ.

މީގެ އިތުރުން، މާރިޗް ހަ ވަނަ ދުވަހު ބަލާ ފާސް ކުރި ޕާރްސަލެއްގެ ތެރެއިން 2.228 ކިލޯގެ ކޮކެއިން ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ

އަދި މި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 3.359 ކިލޯ ހުރިއިރު، މި ތަކެތީގެ މަގުމަތީ އަގު 12 މިލިއަނަށްވުރެ މައްޗަށް އަރާނެ ކަމަށް ބުނެފައި ވެއެވެ.

އަތުލައިގަތް މަސްތުވާތަކެއްޗާއި މައްސަލަތަކާއި ގުޅުން ހުރި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ