ފެމެލީ ކޯޓަށް އިސް ޤާޟީއަކު ހޯދަނީ

ޚަބަރު ފަހުގެ

ފެމެލީ ކޯޓްގެ އިސް ޤާޟީގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާރވިސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އެކޯޓުގެ އިސް ޤާޟީގެ މަޤާމު ހުސްކޮށް އޮންނަތާ މިހާރު ވަނީ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ.

ފެމެލީ ކޯޓުގެ އިސް ޤާޟީގެ މަޤާމު ހުސްވީ އެކޯޓްގެ އިސް ޤާޟީގެ މަގާމުގައި އެންމެ ފަހުން ހުންނެވި ޤާޟީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއްގައި ކްރިމިނަލްކޯޓަށް ބަދަލުކުރެއްވުމާއި ގުޅިގެންނެވެ. ހަސަން ސައީދު ކުރިމިނަލްކޯޓަށް ބަދަލުކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ފެމެލީ ކޯޓަކީ މާލޭގައި ހުރި ކޯޓްތަކުގެ ތެރެއިން މިވަގުތު އިސް ޤާޟީއެއް ނެތް ހަމައެކަނި ކޯޓެވެ.

އިޝްތިހާރު
އިޝްތިހާރު

ޖޭއެސްސީން ވިދާޅުވީ ފެމެލީ ކޯޓްގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓްގެ އިސް ޤާޟީކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު މިމަހުގެ 20 ވަނަދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

ފެމެލީ ކޯޓްގެ އިސް ޤާޟީއަށް މުސާރައިގެ ގޮތުގައި 31،000 ރުފިޔާ ލިބޭނެއެވެ. އަދި ލިވިން އެލަވަންސަށް މަހަކު 15،000 އަދި ރިސްކު އެލަވަންސްގެ ގޮތުގައި މަހަކަށް 1375 ރުފިޔާ ލިބޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ