ރޭގެ ހަމަނުޖެހުމާއިގުޅިގެން މަތިވެރީ ކައުންސިލް އިން ނެރުނު ބަޔާން، އާރުބީޖީ ސްޕޯޓްސް ކުލަބުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފި

ޚަބަރު ފަހުގެ

ޓެކާރސް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ( ޓެކާރސް މައިލޯ ޗެންޕިއަންޝިޕް މޯލްޑިވްސް ކަޕް 2022) އއ.އަތޮޅުބުރުގައި މަތިވެރި އާއި ބޮޑުފޮޅުދޫ ބައްދަލުކުރި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުމާއިގުޅިގެން މަތިވެރީ ކައުންސިލް އިން ނެރުނު ބަޔާން، އއ.ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯޓްސް ކުލަބުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.

އެ ކުލަބުން ނެރުނު ނޫސްބަޔާނުގައި ވާގޮތުން، މަތިވެރިއާއި ބޮޑުފޮޅުދޫ ބައްދަލު ކުރި މެޗު ނިންމާލީ ކުޅިވަރުގެ ރޫޙާއި އެއްގޮތަށެވެ. އަދި މެޗު ނިމި ސަޕޯރޓަރުންގެ ފަރާތުން ހިނގާދިޔަ ހަމަނުޖެހުމާއި ގުޅިގެން ކަންހިނގާދިޔަގޮތް އޮޅުވާލާއި ބޮޑުފޮޅުދޫގެ ނަންހަޑިވާގޮތަށް އއ.މަތިވެރީ ކައުންސިލުން ނެރެފައިވާ ނޫސް ބަޔާން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ. 

އިޝްތިހާރު
އިޝްތިހާރު

އއ.މަތިވެރީ ކައުންސިލުން ނެރެފައިވާ ބަޔާނަކީ އެރަށު ކައުންސިލްގެ ރައީސް އަސްލަމް އިސްވެ ހުރެ އަމިއްލަ މަސްލަހަތު ދިފާއުކޮށް މަތިވެރީގެ ސަޕޯރޓަރުންގެ ކުށެއްނެތްކަމަށް ދެއްކުމަށް ހިންގާފައިވާ ބޮޑު ހުތުރުވެގެންވާ ޖަރީމާއެއްކަން އެ ނޫސް ބަޔާނުން ސާފުވާ ކަމަށާއި އެ ބަޔާނުގައި ފޮޅުދޫ ޓީމްގެ ކުޅުންތެރިއެއް މަތިވެރީ ސަޕޯރޓަރުންނާއި ދިމާއަށް ބޭ އަދަބީބަހުން މުއާމަލާތްކުރުމުން ހިނގާދިޔަ ހަމަ ނުޖެހުމެއްކަމަށް ބަޔާންކޮށްފައިވާތީ ،އެއަމަލަކީ މާރާމާރީ ހިންގާ ގަޔަށް ބޮލަށް އަރަންޖެހޭވަރުގެ އަމަލެށް ނޫންކަމަށް އާރުބީޖީ ސްޕޯޓްސް ކުލަބުން ދެކޭ ކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި އަރި އޮންލައިން ނޫހުގައި މަތިވެރީން ދީފައިވާ މައުލޫމާތަކީ މުޅިން ދޮގުމައުލޫމާތަށް ވެފައި ކަމުގެ ހަޤީގަތް ބެލުމެއްނެތި އެއްފަރާތުގެ މައުލޫމާތު ހިމަނައިގެން ހަބަރުފަތުރަމުން ގެންދިއުމަކީ، އަރި އޮންލައިން ގެނެސްދޭ ހަބަރުތަކާއިމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭ ކަމަކަށް ވާތީ އެކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށް އެކަން އިސްލާހް ކުރުމަށް އަރި އޮންލައިން އަށާޢި މަތިވެރީ ކައުންސިލްގެ ރައީސްއަށް އެ ކުލަބުގެ ފަރާތުން ގޮވާލާފައިވެއެވެ.

މަތިވެރިއަކީ ”އއ.އަތޮޅުގެ ބުރުގެ ހޯސްޓް އައިލެންޑް ކަމަށްވެފައި” މިމުބާރާތުގެ ކުރިއަށް ހުރިމެޗްތަކުގައި ބޮޑުފޮޅުދޫގެ ކުޅުންތެރިންނާއި އޮފިޝަލުން މަތިވެރިއަށް ދިޔުމަކީ ރަށުގެ އާންމު މައްސަލަހަތަށް ބަލައި އެ ރަށު ކައުންސިލުން އެދޭކަމެއް ނޫންކަމަށް ބުނެފައިވާ ބުނުމުން އެނގެނީ މަތިވެރިއަކީ މިފަދަ މުބާރާތްތައް ހޯސްޓް ކުރުމުގެ ޤާބިލްކަން ނެތް ރަށެއް ކަމަށް އާރުބީޖީ ސްޕޯޓްސް ކުލަބުން ފާހަގަކޮށްފައި ވެއެވެ. އެހެން ކަމުން ބޮޑުފޮޅުދޫ ޓީމް މުބާރާތުގައި ކުރިއަށްދިއުމަށް އަމާން މާހައުލެއް ޤާއިމް ކޮށްދިނުމަށް ޓެކާރސް މުބާރާތް ހިންގާ ފަރާތްތަކަށް އެ ކުލަބުން ގޮވާލާފައިވެއެވެ.

އަދި އެއްވެސް ދިވެހި ރައްޔިތަކު ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި ހިލާފު ނުވާހައި ހިނދަކު ދިވެހި ރާއްޖޭގެ އެއްވެސް ރަށަކަށް އެމީހަކު އެރުން މަނާކޮށް ނުވަތަ އެރިޔަ ނުދިނުމަށް މަސައްކަތް ކުރުމަކީ ބަލައި ގަނެވޭނޭ ކަމެއް ނޫންކަމާއި، ޤާނޫނު އަސާސީ އާއި ޤާނޫނު ތަކާއި ހިލާފު ވެފައި ވާކަން ކަނޑައަޅާނެ މުވައްސަސާތައް ރާއްޖޭގައި ހުރިކަން ހަނދާން ކޮށްދޭ ހާލު، ވަކި ބައެއްގެ ނުވަތަ ވަކި ރަށެއްގެ މައްޗަށް ޒާތީ ހަސަދައެއް ފިލުވާލާ ބޮޑުފޮޅުދޫ ރަށްޔިތުން ބަދަނާމުކޮށް، އަނބުރު ކަތިލުމަށް ނެރެފައިވާ ނޫސްބަޔާން އެންމެ ހަރުކަށި އިބާރާތުން އާރުބީޖީ ސްޕޯޓްސް ކުލަބުން ކުށްވެރިކުރާ ކަމަށް ބަޔާންކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ