ރާއްޖެ ގެނައި ތިން މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

ޚަބަރު ފަހުގެ

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތަކެއް ބަލައި ފާސްކުރިއިރު ޕާރުސަލެއްގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ފެނިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ އެމްޑީއެމްއޭ ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓްމްސް އިން ބުނެ އެވެ.

މި މައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1.1 ކިލޯގުރާމް ހުރި ކަމަށާއި، އެ ތަކެތީގެ މަގުމަތީ އަގު ތިން މިލިއަން ރުފިޔާއަށް އަރާ ކަަމަށް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.

ކަސްޓަމްސް އިން ބުނީ އެ މައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ