ރަމަޟާންމަހު ހަނިމާދޫގައި ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ ޙާފިޒުންނަށް ކާންދިނުމާއި ދޮވެ އިސްތިރި ކޮށްދޭނެ ފަރާތެއް ހޯދަނީ

ހަނިމާދޫ ޚަބަރު ފަހުގެ

ރަމަޟާންމަހު ހަނިމާދޫގައި ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ ޙާފިޒުންނަށް ކައްކާ ކާންދިނުމާއި ދޮވެ އިސްތިރި ކޮށްދޭނެ ފަރާތެއް ހޯދަން ހަނިމާދޫ ކައުންސިލުން އިއުލާންކޮށްފިއެވެ.

ހަނިމާދޫ ކައުންސިލު އިއުލާނުގައި ބުނެފައިވަނީ 1443 ވަނަ އަހަރުގެ ރަމަޟާންމަހު ހަނިމާދޫ މިސްކިތްތަކުގައި ޙިފްޒުކޮށް ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ ޙާފިޒުން، ގެންނަ ތާރީޚުންފެށިގެން ރަށުން ފުރާ ތާރީޚާއި ހަމައަށް (ރަމަޟާންމަހު) ޙާފިޒުންނަށް ކައްކާ ކާންދިނުމާއި، ދޮވެ އިސްތިރިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެން ކަމުން އެކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 2022 މާރޗް 23 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް އެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދޭކަމަށެވެ. އަދި 27 މާރޗް ވާ ދުވަހުގެ 10:30 އަށް އެއިދާރާއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް އެދިފައިވެއެވެ.

ފާއިތުވި އަހަރު ޙިފްޒުކޮށް ތަރާވީޙް ނަމާދު ކޮށްފައިވަނީ އެއް މިސްކިތުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ