ކޮނޑޭ ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ޚަބަރު ފަހުގެ

ގއ.ކޮނޑޭ މެޖިސްޓްރޭޓްކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު އިބްރާހިމް އެއް މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން އެކަމާއިގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއް، މުހައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާތީ އެ މައްސަލައިން ތަނާޒުލުވުމުމަށްފަހު، އެމައްސަލާގައި ދަޢުވާލިބޭފަރާތުގެ ވަކީލުންނަށް ފޮނުވާފައިވާ ކޯޓު އަމުރުތަކުގައި ސޮއިކޮށްފައިވަނީ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްކަމާއި، އަމުރުތަކުގައި ސޮއިކުރުމަށް އެ މައްސަލައާ ޙަވާލުވެހުރި މެޖިސްޓްރޭޓް އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ކައިރީ އެދިފައި ނުވާނެކަމަށް ބުނެފައިވާތީ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެ ޤަޟިއްޔާއާ ގުޅިގެން ދަޢުވާލިބޭފަރާތާ މުޢާމަލާތު ކޮށްފައިވާ ހުރިހާ ލިޔުމެއްގައި ސޮއިކޮށްފައިވަނީ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްކަމަށްވާތީ، އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާ މައްސަލައެއް ހިންގުމަށްޓަކައި، އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ޢަމަލީގޮތުން މަސައްކަތް ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ، އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމްގެ މި ޢަމަލުތަކަކީ، ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގާއި ޚިލާފަށް ކޮށްފައިވާ ޢަމަލަކަށްވާތީ، މުސާރައާއި ޢިނާޔަތްތައް ނުލިބޭ ގޮތަށް މާދަމާ އިން ފެށިގެން އެއް މަސްދުވަހަށް ވަޒީފާގެ މަސައްކަތަށް އޭނާ ނުކުތުން މަނާކުރުމަށް މިއަދު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ