ކ. ގާފަރު ގެސްޓްހައުސް އެއްގެ ތެރޭ ރޭ މަރުވެފައި އޮއްވާ ފެނުނު އައިމިނަތު ނާޖިލާ ޖަނާޒާ މިރޭގެ ފަތިސްނަމާދަށް ފަހު 

ޚަބަރު ފަހުގެ

ކ. ގާފަރު ގެސްޓްހައުސް އެއްގެ ތެރޭ ރޭ މަރުވެފައި އޮއްވާ ފެނުނު އއ. ބޮޑުފުޅަދޫ ފަރުދާބަގީޗާގެ އައިމިނަތު ނާޖިލާ ލުތުފީގެ ޖަނާޒާ މިރޭގެ ފަތިސްނަމާދަށް ފަހު ބޭއްވުމަށް ނިންމައިފިއެވެ.

ނާޖިލާގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ނާޖިލާ މަރުވެފައި އޮއްވާ ފެނިފައިވަނީ އޯލްޑްޓައުން ނަމަކަށް ކިޔާ ގެސްޓް ހައުސްއެއްގެ ފާހަނާ ތެރެއިންނެވެ.

އޭނާގެ ކަރަށް ވަޅިއަކުން ދިން ޒަހަމެއް ފެންނަން ހުރި އިރު އެއީ އޭނާ އަމިއްލައަށް ދިން ޒަހަމެއްކަން ނުވަތަ އެހެން މީހަކު ދިން ޒަހަމެއް ކަން ކަށަވަރު ނުވެއެވެ.

ނާޖިލާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. ނާޖިލާގެ މަރާއި ގުޅިގެން ބަލަން ޖެހޭކަންކަން ފުލުހުން ބަލަމުން އަންނައިރު، އަދި އިތުރު މައުލޫމާތެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ