ރަމަޟާންމަހަށް ވަމުންދާ ތައްޔާރީތައް ނައިބު ރައީސް ބައްލަވާލައްވައިފި

ޚަބަރު ފަހުގެ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ރަމަޟާން މަހަށް ވަމުން އަންނަ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ނައިބު ރައީސްވަނީ އިސްލާމީ މަރުކަޒުގެ މިހުރާބުގޭގެ ކެލިގްރަފީގެ މަސައްކަތާއި ގޯތިތެރޭގައި މާބުލްޖެހުމުގެ މަސައްކަތާއި އިސްލާމި މަރުކަޒުގައި އިތުރު ފަންކާ ހަރުކުރުމުގެ މަސައްކަތަކުގެ އިތުރުން ރަމަޟާން މަހު ކުރިޔަށްގެންދަން ރާވާފައިވާ ދީނީ އެކި ޕްރޮގްރާމްތަކާއި ބެހޭ މަޢުލޫމާތު އޮޅުންފިލުވާ އެމަސައްކަތްދާގޮތް ބައްލަވާލައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ކުރީއަހަރު ތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް އިސްލާމިކް މިނިސްޓްރީން ދަނީ ރަމަޟާންމަހަށް ވަރަށްބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން މިއަހަރުވެސް ރަމަޟާންމަހަށް ޚާއްސަކޮށްގެން ދަރުސް ޕްރޮގްރާމްތައް ބޭއްވުމާއި މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން އުފައްދާ ޚާއްސަ ޓީވީ ޕްރޮގްރާމްތަކާއި ކުޑަކުދިންނަށް ޚާއްސަ ޓީވީ ޕްރޮގްރާމްތަކާއި ދީނީ ހޭލުންތެރި ކުރުމުގެ ރޭޑިއޯ ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައެވެ. އަދި ކޮންމެ އަހަރަކުވެސް ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން ކުރިޔަށްގެންދާ އިޙްޔާ ފޯރަމް ބާއްވާގޮތަށްވެސް ވަނީ ހަމަޖެހިފައެއެވެ. އެހެންނަމަވެސް ކުރީ އަހަރު ތަކާއި ޚިލާފަށް މިއަހަރު އިޙްޔާ ފޯރަމްތައް ކުރިޔަށް ގެންދަން ރާވާފައިވަނީ މާލެއިންނާއި އަތޮޅު ތެރޭގެ 4 ރަށަކުން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ނައިބު ރައީސްގެ މި ޒިޔާރަތުގައިވަނީ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ތައުރީފްކުރައްވާ ހިތްވަރު ދެއްވާފައެވެ. ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކާ ރާއްޖޭގެ އެކި ސަރަޙައްދުތަކާއި މާލޭގެ އެކި މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަަސައްކަތްވެސް އިސްލާމިކް މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ