ހުޅުމާލެ ޕޯޓް ބޮޑު ކުރަން އެމްޕީއެލަށް އިތުރު ބިމެއް ކުއްޔަށް ދީފި

ޚަބަރު ފަހުގެ

ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގެ ކޮންޓެއިނާ ސްޓޯރޭޖް ބޮޑު ކުރުމަށް ބޭނުންވާ ބިން ކުއްޔަށް ނެގުމުގެ އެއްބަސްވުމުގައި (އެޗްޑީސީ) އާއެކު އެމްޕީއެލްއިން ސޮއިކޮށްފިއެވެ.

އެޗްޑީސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އަދި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީއެވެ.

އިޝްތިހާރު
އިޝްތިހާރު

އެ އެއްބަސްވުމުގެ ދަށުން، އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޕޯޓާއި އިންވެގެން އޮންނަ ބިން ލިބި، މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ގެނައުމަށް އެ ސަރަހައްދުގައި ހުސް ކޮންޓެއިނާ ޖެހޭނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި ކެޕޭސިޓީ އިތުރުވުމުގެ އިތުރަށް، “އޮޕަރޭޝަން ކެޕޭސިޓީ” ރަނގަޅުވެގެންދާނެ ކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ.

ރޯދަ މަހަކީ އެމްޕީއެލްގެ މަސައްކަތުގައި ބާރު ބޮޑު އަދި ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަދަދުވެސް އިތުރުވެގެންދާ ދުވަސްވަރަކަށް ވުމާއެކު، އެ އެއްބަސްވުމުގެ ދަށުން އެމްޕީއެލްގެ މައި ޕޯޓު (މާލެ ކޮމާޝަލް ހާބަރު) ގައި ކޮންޓެއިނާ ޖާގަ މަދުވެ މުދާ ނުބޭލިގެން ދިމާވާ މައްސަލަތައް ހައްލުވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެމްޕީއެލްގެ އަމާޒަކީ، ބޯޓުން މުދާ އަވަހަށް ބާލައި ކަސްޓަމަރުންނަށް މުދާ އަވަހަށް ފޯރުކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ