ހަނިމާދޫ ޕީޕީއެމް ސްޓިއަރިން ކޮމެޓީން މާހެފުމެއް ކުރިއަށް ގެންގޮސްފި

ޚަބަރު ފަހުގެ

ހަނިމާދޫ ޕީޕީއެމް ސްޓިއަރިން ކޮމެޓީން މާހެފުމެއް ކުރިއަށް ގެންގޮސްފިއެވެ.

މި މާހެފުން ކުރިއަށް ގެންގޮސްފައި ވަނީ އަރާމަގު ނޫރުލްޞަބާޙް ގެ ކަންމަތީ މިރޭ 20:30 ން 22:00 ދެމެދުއެވެ.

އިޝްތިހާރު
އިޝްތިހާރު

މާހެފުމުގައި އިސްކޮން އުޅުނު ފަރާތްތަކުން ގޮށްކޮޅަށް މައުލޫމާތު ހިއްސާކުރަމުން ބުނީ މިއީ ރޯދަ މަހަށް މަރުހަބާކިޔުމަށް އެކުވެރި މާހުލެއްގައި ވަގުތު ހޭދަކޮލަން ބޭއްވި މާހެފުމެއް ކަމަށެވެ.

ދައުވަތު އެރުވީ ހަނިމާދޫގެ އެންމެހާ ރައްޔިތުންނަށްކަމަށާއި، ވަރަށް އެދެވޭ ތަރުހީބެއް ލިބިގެންދިޔަކަމަށް އެފަރާތުން ބުންޏެވެ.

މި މާހެފުމުގައި ޕީޕީއެމް ގެ ގިނަ މެންބަރުންނާ ހަނިމާދޫ އާންމު ރައްޔިތުން ގިނައަދަދަކަށް ބައިވެރި ވެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ