ސްޓެލްކޯއަށް ދެމުންދާ ސައިބަރ ހަމަލާތަކާއި ގުޅިގެން ޙިދުމަތްދިނުން މެދުކެނޑިފައި

ޚަބަރު ފަހުގެ

ސްޓެލްކޯއަށް ދެމުންދާ ސައިބަރ ހަމަލާތަކާއި ގުޅިގެން އެކުންފުނިން ދެމުން އަންނަ ޙިދުމަތްތައް އަލުން ފޯރުކޮށްދިނުމަށް އިތުރު ވަގުތު ނަގާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިހެން ބުނީ އެކުންފުންޏަށް ދެމުންދާ ރެންސަމްވެއަރ އެޓޭކަކާއި ގުޅިގެން އެކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކުގެ އިތުރުން ކައުންޓަރުތަކުން ދެމުން އައި ހުރިހާ ހިދުމަތެއް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މެދުކެނޑުމާއި ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ސްޓެލްކޯއިން ބުނީ ކުންފުނީގެ އައިޓީ ނެޓްވޯކަށް ދިމާވެފައިވާ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރުމުގެ ގޮތުން އެ ކުންފުނީގެ އައިޓީ އިންޖިނިއަރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ސްޓެލްކޯއިން ދިން ސައިބަރ ހަމަލާއަކީ ބަަޔަކަށް ފައިސާދީގެން ކޮށްގެން އުޅޭކަމެއްކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިމައްސަލަ ފުލުހުންނަށް ހުށަހަޅާނެކަމަށާއި، މިކަމުގެ އަޑީގައި ތިބި މީހުން ހޯދޭނީ ތަހުޤީޤަށްފަހުކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ