އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފައްޓަވައިދެއްވައިފި

ޚަބަރު ފަހުގެ

އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައިދެއްވައިފިއެވެ.

އިންޑިއަން އެގްޒިމް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫ ސިޓީގައި ފެން ހިންދުމުގެ ނިޒާމު ޤާއިމުކުރުމާއި، މަގު ހެދުމުގެ މަޝްރޫޢު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

730 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫޢުގެ އަގަކީ 77،630،898 (ހަތްދިޔަ ހަތް މިލިއަން ހަސަތޭކަ ތިރީސް ހާސް އަށް ސަތޭކަ ނުވަދިޔަ އަށް) އެމެރިކާ ޑޮލަރެވެ.

މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި ގާތްގަނޑަކަށް 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމަކާއި، އައްޑޫގެ ހުރިހާ އަވަށްތަކެއް ހިމެނޭ ގޮތަށް ޖުމުލަ 40 ކިލޯމީޓަރުގައި ތާރު އެޅި، އިތުރު ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ލޭޔަރ އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިހާރު ތާރު އަޅާފައިވާ މަގުތަކުގެ ތެރެއިން ޖުމުލަ 3.4 ކިލޯމީޓަރުގެ މަގުގެ ރީސަރފޭސިންގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، އައްޑޫ ސިޓީ ހަންކެޑެ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށްޓަކައި ބުރިޖު ހިމެނޭ ގޮތަށް 1.463 ކިލޯމީޓަރުގެ އައު ހަތަރު ލޭންގެ ޑީޓުއަރ ލިންކް ރޯޑެއްވެސް މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވިގެންދާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ