ގާޒީ ސަމީރުގެ މައްޗަށް ސުލޫކީ ފިޔަވަޅު އަޅައިފި

ޚަބަރު ފަހުގެ

ކްރިމިނަލް ކޯޓުގެ ގާޒީ މުޙައްމަދު ސަމީރުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގާޒީ މުޙައްމަދު ސަމީރުގެ މައްޗަށް ސުލޫކީ ފިޔަވަޅު އަޅާފައިވަނީ އެކޮމިޝަނަށް ހުށަހެޅުނު ސުލޫކީ މައްސަލައެއް ބެލުމަށް ފަހުގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތުން ކްރިމިނަލް ކޯޓަށް ހުށަހެޅުނު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ މުއްދަތު މަޖިލީހުގައި، މައްސަލަ ރައްދުވާ ފަރާތުގެ އެ އަމަލަކީ ވަރަށް އާދައިގެ ކަމެއްކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށާއި ބަންދުގައި ބަހައްޓަން ނިންމެވީ ބަންދުން ދޫކޮށްލައިފިނަމަ ނޫސްތަކުގައި އެ ވާހަކަ ޖަހާނެތީކަމާއި އަބަދުވެސް ގޯސްވެފައި އޮންނަނީ ކޯޓު ކަމަށް ބުނެ ވާހަކަ ދައްކާފައިވާކަން ތަހުގީގަށް ސާބިތުވެފައިވާތީ ކަމަށެވެ.

ސަމީރުގެ މި އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ ޢަމަލަކަށްވާތީ، ޖޭއެސްސީގެ ގާނޫނުގެ ދަށުން ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް މުޙައްމަދު ސަމީރު އަށް އެންގުމަށް އެކޮމިޝަނުން ވަނީ ނިންމާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ