ސާޅީސް އެއް މެގަވޮޓުގެ ކެޕޭސިޓީއާ އެކު އައު އިންޖީނުގެއެއް އަޅައި އައްޑޫގެ މުޅި ނެޓްވޯޓް ބަދަލުކުރުމަށް ނިންމައިފި އެވެ.
ރޭ އައްޑޫ ރައްޔިތުންނަށް ރައީސްގެ ދެކަނބަލުން ދެއްވި މާހެފުމުގެ ތެރެއިން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކަރަންޓުގެ މައްސަލައަކީ މީގެކުރިން އައްޑޫ އަށް އަންނަ ކޮންމެ ފަހަރަކު ވެސް ހުށަހަޅާ މައްސަލައެއް ކަމަށާއި އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ފެނަކައިން މިހާރު ފަށާފައިވާ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ހަތް މަސް ދުވަހުގެ ތެރޭގައި 41 މެގަވޮޓްގެ ކެޕޭސިޓީއާއެކު ސެންޓްރަލް އިންޖީނުގެއެއް އަޅައި، މުޅި އައްޑޫގެ ނެޓްވޯކް ބަދަލުކޮށްދޭނެ ކަމުގެ ޔަގީންކަން ފެނަކަ އިން ދީފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް އައްޑޫގެ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއްގެ ތަފްޞީލުތައް މި ބައްދަލުވުމުގައި ރައީސް ވަނީ ރައްޔިތުންނާ ހިއްސާކުރައްވައިފަ އެވެ.