ނާއިބުރައީސް ޔޫއޭއީ އަށް ކުރައްވާ ރަސްމީދަތުރު ފުޅެއްގައި ފުރާވަޑައިގެންފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އާދީއްތަ ދުވަހުގެރޭ ފުރާވަޑައިގެންފި އެވެ. އެމަނިކުފާނުގެ މިދަތުރުފުޅަކީ ވަރލްޑް ގަވަރންމަންޓް ސަމިޓް 2022 ގައި ބައިވެރިވެވަޑައިގަތުމަށް ކުަރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޔޫ.އޭ.އީ.ގެ ބައެއް އިސް އޮފިޝަލުންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން ފަހުމުނާމާއެއްގައި ސޮއި ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އިޝްތިހާރު
އިޝްތިހާރު

‎މިއަހަރުގެ ވަރލްޑް ގަވަރންމަންޓް ސަމިޓްގެ ޝިއާރެއްގެ ގޮތުން ޕެންޑަމިކަށްފަހު ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާ، ވެގެންދާނެގޮތް ވަޒަންކޮށް، ޕެންޑަމިކް ގެ ފަހުގެ ޒަމާން އޮންނާނެގޮތް ތަޞައްވުރު ކުރާނެއެވެ. މިގޮތުން އެކި ޤައުމުތަކުގެ ލީޑަރުންނާއި އެކިއެކި ފަންނުތަކުން ފުންނާބުއުސް ފަރާތްތަކާއި ކަންކަމުގައި ގޮތްނިންމާ ފަރާތްތައް މި ސަމިޓްގައި ބައިވެރިވެވަޑައިގެން މިކަންކަމާ ބެހޭގޮތުން ޚިޔާލުބަދަލުކުރައްވައި، ތަރައްޤީގެ އެކިއެކި ސިޔާސަތުތައް ބައްޓަންކުރެއްވުމަށް މަގުފަހި ކުރައްވާނެއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 31 މާރޗު 2022 ވާ ބުރާސްފަތު ދުވަހުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ