ޔުނިޓީ ސްޕޯޓްސް އެކަޑަމީގެ ފަރާތުން ފުނަދޫ އުތުރު މިސްކިތުގެ އާބާތުރަ ފިލުވައިފިއެވެ.
މި ހަރަކާތާ ބެހޭގޮތުން ގޮށްކޮޅަށް މައުލޫމާތު ހިއްސާކުރަމުން ޔުނިޓީ ސްޕޯޓްސް އެކަޑަމީގެ ނައިބު ރައީސް ހުސެއިން އަރީފް (ޔޭކޭ) ވިދާޅުވީ އުތުރު މިސްކިތުގެ އާބާތުރަ ފިލުވުން ކުރިއަށް މިގެންދިޔައީ ޖަމިއްޔާގެ 2022 ވަނައަހަރު ޢިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދަން ރާވަފައިވާ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތަކަށް ވީމައިކަމަށެވެ.
“ފާއިތުވި ތިންދުވަހު އަޅުގަނޑުމެން މިމަސައްކަތް މިކުރީ، މިކަން މިހާއަވަސްކޮށް މިކުރެވުނީ ގިނަބައެއްގެ އެއްބާރުލުން ލިބިގެން، އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރުދަންނަވަން އަދި ވަކިން ހާއްސަކޮށް މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި އެންމެހާ ފަރާތްތަކާއި
ޖަމިއްޔާގެ އާންމު މެންބަރުންނާއި “ނަލަފަހި” ފިހާރައިން ވެދެއްވި އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކުރަން” ޔުނިޓީ ސްޕޯޓްސް އެކަޑަމީގެ ނައިބު ރައީސް ހުސެއިން އަރީފް (ޔޭކޭ) ވިދާޅުވީއެވެ.
ޔުނިޓީ ސްޕޯޓްސް އެކަޑަމީ ވުޖޫދަށް އައިސްފައި ވަނީ 24 ނޮވެމްބަރު 2020 ވަނަ ދުވަހުއެވެ. މިއީ ށ. ފުނަދޫގައި ހިންގާ ފުރަތަމަ އެކަޑަމީ އެވެ.