މިއަހަރުގެ ފިއުރު ޒަކާތް ބަލައިގަތުން މާދަމާއިން ފެށިގެން ކުރިއަށްދާނެ – އިސްލާމިކް މިނިސްޓްރީން

ޚަބަރު ފަހުގެ

މިއަހަރުގެ ފިއުރު ޒަކާތް ބަލައިގަތުން މާދަމާއިން ފެށިގެން ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނާނީ މާދަމާއިން ފެށިގެން ރޯދަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އޮންލައިންކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކުން އުރީދޫ، އެމް-ފައިސާ، ދިރާގު ޕޭ، މޯލްޑިވްސް އިސްލާމިކް ބޭންކް، ބޭންކް އޮފް މޯލްޑިވްސް އަދި ފަހިޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވީ ބަންޑޭރި ޕޯޓަލް މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި އުމުރުން ދުވަސްވީ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތް ދައްކަން އަހުލުވެރި ނޫން ފަރާތްތަކަށް މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާން ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި ޢާންމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ.

މާލެ ސިޓީ ސަރަހައްދުތަކުންނާއި، ހުޅުމާލެ އަދި ވިލިމާލެއިން ފިތުރު ޒަކާތް ދައްކަންޖެހޭ އަދަދުގެ ތެރޭގައި، އާދައިގެ ހަނޑޫނަމަ ދައްކަން ޖެހޭނީ 12 ރުފިޔާއެވެ. އާދައިގެ ބާސްމަތީ ހަނޑޫނަމަ 77 ރުފިޔާއެވެ. އަދި ތައިލެންޑް ހުދު ހަނޑޫ ނަމަ 77 ރުފިޔާއާއި ރަތް ހަނޑޫ ނަމަ 72 ރުފިޔާއެވެ. މޮޅު ބާސްމަތީ ހަނޑުލުން ނަމަ 90 ރުފިޔާއެވެ. އެންމެ މޮޅު ބާސްމަތީ ހަނޑޫ ނަމަ 132 ރުފިޔާ އަދި އާދައިގެ ފުށުން ނަމަ 12 ރުފިޔާ، އާޓާ ފުށް ނަމަ 75 ރުފިޔާއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ