ބީއެމްއެލް ގެ އެމެރިކަން އެކްސްޕްރެސް ކާޑުންކުރާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް

ޚަބަރު ފަހުގެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެމެރިކަން އެކްސްޕްރެސް ކާޑުންކުރާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން އަކީ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭގައި ކުރާ ވިޔަފާރިތަކަށް ހާއްސަ ޕްރޮމޯޝަނެއް ކަމަށް ބީއެމްއެލް އިން ބުނެފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޕްރޮމޯޝަންގެ ދަށުން އަގު ހުރި އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން ޕްރޮމޯޝަންގެ ބޮޑު އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދެމީހެއްގެ ތުރުކީ ދެކޮޅު ޓިކެޓާއި 1000 ޑޮލަރެވެ. އަދި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 13 ޕްރޯ އެއް ލިބޭނެއެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ 1 އޭޕްރިލް އިން މޭ ހަތެއްގެ ނިޔަލަށެވެ.

300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާރޗެންޓުންނާއެކު ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެކްސްކުލޫސިވްކޮށް އެމެރިކަން އެކްސްޕްރެސް ހިދުމަތްދެމުންދާ ބޭންކްވެސްމެެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ