ރަމަޟާން މަހާ ބައްދަލުވި އިރު، ގައުމު އޮތީ ވަރަށް ބޮޑު ނުރައްކަލެއްގައި: ޔާމީން

ޚަބަރު ފަހުގެ

މި ރަމަޟާން މަހާ ދިމާވި އިރު، ގައުމު އޮތީ ވަރަށް ބޮޑު ނުރައްކަލެއްގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާލުވެއްޖެއެވެ.

ރައީސް ޔާމީން އެހެން ވިދާޅުވީ ރޯދަ މަސް ފެށުމުގެ މުނާސަބަތުގައި އެމަނިކުފާނު މިއަދު ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. އެމަނިކުފާނު ވިދާޅުވީ ރޯދަ މަސް ފެށުނު އިރު ގައުމު އޮތް ހާލަތަށް ބަލާއިރު، ގައުމު އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށާއި، އިގްތިސާދީ ހާލަތުވެސް އެތަށް ދަރަޖައެއް ފަހަތައް ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ދީނީ ކަންކަމުގައި ޝާމިލުވެ އުޅުމަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވާކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނު ވަނީ ގައުމު ސަލާމަތްކޮށް އަނބުރައި ހޯދުމަށް ކުރާ މަސައްކަތުގައި ބަރަކާތް ލެއްވުމަށް އެދި ދުއާ ދަންނަވައިފައެވެ. އަދި މި މައްސަރަކީ މި ގައުމާއި ދިވެހިންނަށް ލުއި ފަސޭހަ އަދި އަޅުކަމުގައި ޝާމިލުވެ އުޅުމުގެ ހެޔޮ ތައުފީގު މިންވަރުކުރައްވާފައިވާ މައްސަރެއްކަމުގައި ލެއްވުމަށް އެދި ދުއާ ދަންނަވައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ