ހަޔާ އެޑިއުކޭޝަންގެ ޕީއެސް ސަސްޕެންޑްކޮށްފި

ޚަބަރު ފަހުގެ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ފާތިމަތު ހިލްމީ ސަސްޕެންޑްކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފާތިމަތު ހިލްމީ ސަސްޕެންޑް ކުރީ ވަގު ލިޔުންތަކެއް ހެދި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން ޕީއެސްއާއެކު އިތުރު ދެ މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ސިވިލް ސާވިސް ކޮމިޝަނުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޕާމަނަންޓް ސެކްރެޓަރީއަކީ އެ ފަރާތެއް އައްޔަން ކުރާ ދާއިރާއެއްގައި މަސައްކަތް ކުރާ ސިވިލްސާވިސްގެ އެންމެ އިސް މުވައްޒަފެވެ. އަދި ސީއެސްސީގެ ގާނޫނާއި ގަވާއިދު އެ ދާއިރާއެއްގެ މުވައްޒަފުން ތަންފީޒުކޮށް ދެމެހެއްޓުމުގެ ޒިންމާ އުފަލަން ޖެހޭނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ