ލަންކާގެ ކެބިނެޓް އިސްތިއުފާ ދެއްވައިފި

ޚަބަރު ފަހުގެ

ސްރީލަންކާގެ ކެބިނެޓްގައި ތިއްބެވި ހުރިހާ ވަޒީރުން މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ކަމަށް ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ލަންކާގެ މީޑީއާ ރިޕޯޓުތައް ބުނާގޮތުން ވަޒީރުން މަގާމުތަކުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ ލަންކާ ސަރުކާރުގެ ހާއްސަ ކެބިނެޓް ބައްދަލުވުމުގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ލަންކާގެ މުޅި ކެބިނެޓް އިސްތިއުފާ ދެއްވި ނަމަވެސް އެގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުގައި ހުންނަވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިގުތިސާދީ ގޮތުން ގައުމުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ލަންކާގެ އާންމު ރައްޔިތުން މަގުމައްޗަަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަންނަނީ މުޒާހަރާތައް ބާއްވަމުންނެވެ. މުޒާހަރާތަަކާ ގުޅިގެން ލަންކާ ސަރުކާރުން ރޭގެ ވަގުތެއްގައި ވަނީ އެގައުމުގައި ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމުތަކަށް ނުވަދެވޭ ގޮތް ވެސް ހަދާފަ އެވެ. ނަމަވެސް މިއަދު މެންދުރު އަލުން ވަނީ ސޯޝަލް މީޑިއާ އަށް ވަދެވޭ ގޮތް ހަދާފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ