ބޮޑު ހިޔާނާތުގެ ފައިސާ ހޯދާނަން: އޭސީސީ

ޚަބަރު ފަހުގެ

މޯރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއާރްސީ) ޚިޔާނާތުގެ މައްސަލަ ވަރަށް ރަނގަޅަށް ތަހުގީގުކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ އަނބުރާ ހޯދާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

ކޮމިޝަންގެ އާ މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ މައްސަލަގައި ތަހުގީގުކުރިއަށް ގެންދާނެ ގޮތުގެ ތަފުސީލް ދީފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

މިހާތަނަށް މިމައްސަލަ ބަލަމުން ދިޔައީ “ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ”ގެ ނަމުގައި އުފައްދަވާފައިވާ ކޮމިޝަނުންނެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް 3.4 ބިލިޔަން ރުފިޔާ އަށް އަރައެވެ.

އޭސީސީގެ ނައިބް ރައީސް އަބްދުއްސަލާމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ އަކީ ކޮމިޝަނުން އެންމެ އިސްކަންދީގެން ބަލާނެ މައްސަލަ ކަމަށެވެ. އެގޮތުން ތަހުގީގު މަރުހަލާ އިން ފެށިގެން ވެސް ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް ކޮމިޝަނުން ތަހުގީގަށް މިހާރު 12 އިންވެސްޓިގޭޓަރުން ކަނޑައަޅައި، ފުލުހުންނާއި ޕީޖީ އޮފީހާއި ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

“އެމްއެމްޕީއާރުސީ މައްސަލަގައި އެންމެ ބޮޑަށް ފޯކަސްކުރާނީ ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދަށް. އަޅުގަނޑުމެން ޤާނޫނުތަކައި ގަވާއިދު ތަކަށް ބަދަލު ގެނެސްގެން ވެސް، ޖިނާއީ އަދުލުގެ ނިޒާމުގައި ބުނެފައިވާ ފައިސާ ހޯދުުގެ ބަޔަށް ޚައްސަ އިސްކަން ދޭނަން.” އޭނާ ވިދާޅުވި އެވެ.

މި ތަހުގީގު ކުރިއަށް ގެންދާއިރު އިސްކަންދޭނެ ކަންކަމާއި ގުޅޭ ގޮތުން މެމްބަރު އަލްއުސްތާޛާ ޝިޔާމާ މުހައްމަދު ވިދާޅުވީ، އެންމެ އިސްކަމެއް ދޭނީ ތަހުގީގުކުރުމުގައި ރިކަވާކުރެވޭ ނިޒާމު ހަރުދަނާކުރުން ކަމަށެވެ. އަދި ކޮންމެ މައްސަލައެއްގެ ތަހުގީގު ފަށާ އިރު ވެސް އެ މައްސަލައަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ހިމެނޭ މައްސަލައެއްތޯ ބަލައި ތަހުގީގު މަރުހަލާ ތެރެއިން ވެސް މިކަމަށް ޚާއްސަ އިސްކަމެއް ދޭނެކަމަށް އޭނާ ވިދާޅު ވިއެވެ.

“ދައުލަތަސް ލިބެން ޖެހޭ ފައިސާ ނުލިބި ހުރިކަމީ އާންމު ރައްޔިތުންނާއި، ދައުލަތުގެވެސް އެންމެ ބޮޑު ކަންބޮޑުވުން. މިހާރު ދަނީ ދިރާސާކުރަމުން އެސެޓް ރިކަވާ ކުރުމަށް ކުރަންޖެހޭ ކަންކަން، ގާނޫނު އިސްލަހު ކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނެ. މިހާތަނަށް އެސެޓް ރިކަވާކުރެވޭނެ ނިޒާމެއް ނެތް.” ޝިޔާމާ ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ