ރަށްގިރުމުގެ މައްސަލަބޮޑުވެ އެއާޕޯޓާއި ހޯރަފުށި ވަކިކޮށްލަނީ 

ޚަބަރު ފަހުގެ


ބިން ހިއްކައިގެން ހއ. ހޯރަފުށީގެ އެއާޕޯޓް ހެދި ފަހުން ރަށްގިރުމުގެ މައްސަލަ ދިމާވާތީ ރަށާއި އެއާޕޯޓާ ވަކިކޮށްލަން ނިންމައިފި އެވެ.

ތާރުއަޅައިގެން ހަދާފައިވާ މަގު ނެގުމަށްފަހު އެއާޕޯޓްގެ ބިމާއި ހޯރަފުށި ގުޅާލަން ނިންމާފައިވަނީ ފެން ދައުރުވާ ގޮތަށް ހަދާ ކޯޒްވޭ އަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވާއިރު އެކުންފުނިން މިހާރު ގެންދަނީ ޕްލޭނިން މިނިސްޓްރީއާ ގުޅިގެން ކޯޒްވޭގެ ޑިޒައިން ހެދުމުގެ މަސައްކަތް ކުރުމަށެވެ. ޑިޒައިންގެ މަސައްކަތް މަސް ދުވަސް ތެރޭގައި ނިންމުމަށްފަހު ކޯޒްވޭގެ އަމަލީ މަސައްކަތް ޖޫން މަހު ފެށުމަށް އެމްޓީސީސީން ދަނީ ތައްޔާރުވަމުންނެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހޯރަފުށީ އެއާޕޯޓްގެ ރަންވޭގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ފަށާފައިވެ އެވެ. މިއީ 90.5 މިލިއަން ރުފިޔާ ހަރަދުކޮށް، 360 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަސައްކަތެކެވެ.

ހޯރަފުށީ އެއާޕޯޓް ރަސްމީކޮށް ހުޅުވީ ނޮވެމްބަރު 19، 2020 ގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ