ހދ. ހަނިމާދޫ ރަށްޔިތުންނަށް ރޯދަ މަހާއި ޝައްވާލް މަހުގެ ކުނި ފީ ހަނިމާދޫ ކައުންސިލުން މާފް ކޮށްދީފި އެވެ.
ހަނިމާދޫ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރު އޭޕްރީލް މަހާއި މޭ މަސް ( ރޯދަ މަހާއި ޝައްވާލް) މަހުގައި ގޭބީސީތަކުން ނަގާ ކުނި ފީ މާފްކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
އަދި ކުރިން އެ ދެމަހަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ކުނި ފީ ކުރިއަށް ފައިސާ ދައްކަންޖެހޭ މަހަށް ބަދަލުކޮށްފައިވާނޭ ކަމަށް ހަނިމާދޫ ކައުންސިލުން ބުނެ އެވެ.
ހަނިމާދޫ ކައުންސިލުން ބުނެފައި ވަނީ އެހެންކަމުން ޖޫން މަހުގެ ކުނި ފީ އެ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ. އެޕްރީލް މޭ ފިޔަވައި ކުރިއަށް އޮތް މަސްތަކުގައި ކުރިއެކޭ ވެސް އެއްގޮތަށް ކުނި ފީ ނަގަމުންދާނެ ކަމަށް އިއުލާނުގައި ވެއެވެ.