ހިޔާ ފްލެޓަށް ކުލި ނުދައްކަން ގޮވާލާ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަނީ

ޚަބަރު ފަހުގެ

ހިޔާ ފްލެޓަށް ކުލި ނުދައްކަން ގޮވާލާ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީން މިހެން ބުނެފައިމިވަނީ ހިޔާ ފްލެޓަށް ކުލި ނުދެއްކުމަށް ހިޔާ ޔޫނިއަނުން ގޮވާލާފައިވާ ދަނޑިވަޅެއްގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނީ ގޮތުން ހެދިފައިވާ އެއްބަސްވުމެއްގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފުވުމަށް ގޮވާލާ ހިތްވަރުދީ ބާރު އެޅުމަކީ ބޮޑު ކުށެއް ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މި މައްސަލަ ބަލައިދިނުމަށް އަދި މިކަމުން ލިބޭނެ ގެއްލުމުގެ ބަދަލު ހޯދުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނިގޮތުގައި ހިޔާގެ 16 ޓަވަރު ބެލެހެއްޓުމާއި މެނޭޖް ކުރުމަށް މެނޭޖްމަންޓު ކޯޕަރޭޝަނެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އެ ހާލަތުގައި ކުލި ނެގުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެޗްޑީސީން ބުނެ އެވެ.

ހިޔާ ފްލެޓުން ކުލި ނެގުން ފަސްކޮށްދިން މުއްދަތު މިދިޔަ މަހުގެ ނިިޔަލަށް ވަނީ ހަމަވެފަ އެވެ. އެހެންވެ މި މަހުން ފެށިގެން ފްލެޓްތަކުން ކުލި ނަގަމުންދާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުންޏެވެ. ހިޔާ ފްލެޓްގެ މަހު ކުއްޔަކީ މެއިންޓަނެންސް ފީއާ އެކު 8،500ރ. އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ