ހަނިމާދޫ ކައުންސިލް ޤުރުއާން މުބާރާތް 1443 ގައި ބައިވެރިވުމުގެ ފަހުގެ ތާރިހަކީ މިމަހު 18

ހަނިމާދޫ ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ހަނިމާދޫ ކައުންސިލް ޤުރުއާން މުބާރާތް 1443 ގައި ބައިވެރިވުމުގެ ފަހުގެ ތާރިހަކީ މިމަހު 18 ކަމުގައި އެ ކައުންސިލުން ނިންމަވައިފިއެވެ.

މިއަދު ހަނިމާދޫ ކައުންސިލުން ނެރުނު އިއުލާނެއްގައިވަނީ ހަނިމާދޫ ކައުންސިލްގެ ޤްރުއާން މުބާރާތް 1443″ ގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތު މިހާރުވަނީ 18 އޭޕްރިލް 2022 ވަނަ ދުވަހުގެ ނިޔަލަށް އަވަސްކުރެވިފައިކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި މިމުބާރާތުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވާ އެންމެހައި ފަރާތްތަކުން 18 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށައެޅުމަށްވެސް އެދެއެވެ.

މި މުބާރާތުގައި ބައިވެރިވެވޭ އުމުރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 18 ދަށުގެ ދިވެހި ކޮންމެ ރައްޔިތެކެވެ. އެގޮތުން ބައިވެރިވާ އުމުރުފުރާތައް 6 ދާއިރާއަކަށް ބަހާލާފައިވެއެވެ. އެއީ 6 އަހަރުން ދަށް 1 ފޮތް، 7 އަހަރުން ދަށް 2 ފޮތް، 9 އަހަރުން ދަށް 3 ފޮތް، 11 އަހަރުން ދަށް 5 ފޮތް، 13 އަހަރުން ދަށް 7 ފޮތް، 16 އަހަރުން ދަށް 10 ފޮތް އަދި 19 އަހަރުން ދަށް 15 ފޮތެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު އަދި ޤަވާއިދު އެ އިދާރާގެ ކައުންޓަރުންނާއި އެ އިދާރާގެ ވެބްސައިޓުން ލިބޭ ގޮތަށް ހަމަޖައްސާފައިވެއެވެ. ފޯމް ބަލައިގަންނާނީ ރަސްމީ ގަޑީގައެވެ.

ހަނިމާދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގެ ޤަވާއިދު


އެޕްލިކޭޝަން ފޯމް

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ