ޕޮލިސް ކޮލެޖްގެ ފުރަތަމަ ޕްރޮގްރާމް ނިންމާލައިފި

ޚަބަރު ފަހުގެ

އައްޑޫ ޕޮލިސް ކޮލެޖްގައި ހިންފި ފުރަތަމަ ޕްރޮގްރާމް ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 27 ގައި ހުޅުވި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕޯލް) އިން ކުރިއަށް ގެންދިޔަ އިންވެސްޓިގޭޝަން އޮފިސާސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބޭއްވީ މާލޭގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިސްކަންދަރު ބިލްޑިން މަލްޓިޕާޕަސް ހޯލުގައި އިއްޔެ ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް. ހަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަހުމަދު އަބްދުލް ރަޙްމާނެވެ. އެ ރަސްމިއްޔާތުގައި އޭނާ ވަނީ ކޯހުން ދަސްވި ކަންކަން މަސައްކަތުގެ މައިދާނުގައި ފުރިހަމައަށް ބޭނުންކުރުމަށް އިލްތިމާސްކުރައްވައިފަ އެވެ.

މިދިޔަ މަހުގެ 14 އިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އިންވެސްޓިގޭޝަން އޮފިސާސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި، އިންވެސްޓިގޭޝަން އޮފިސަރަކަށް ކޮންމެހެން އެނގެންޖެހޭ ބައިތައް އުނގަންނައިދީ ތަމްރީނުދީފައިވެ އެވެ. އެގޮތުން، ކްރައިމް ސީން އިންވެސްޓިގޭޝަން، ލޯސް އެންޑް ރެގިއުލޭޝަންސް، އިންވެސްޓިގޭޓިވް އިންޓަވިއު އަދި އިންވެސްޓިގޭޓިވް މެނޭޖްމަންޓް ފަދަ ބައިތައް އުނގަންނައި ދީފައިވެ އެވެ.

އެ ޕްރޮގްރާމްގައި 30 ފުލުހަކު ބައިވެރިވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ