އަންނަ މަހުން ފެށިގެން ހިޔާ ފްލެޓުތަކުން ނަގާ ކުންޏަށް އަގު ނަގާނެ: ވެމްކޯ

ޚަބަރު ފަހުގެ

އަންނަ މަހުން ފެށިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓުތަކުން ނަގާ ކުނިތަކަށް އަގު ނަގަން ފަށާނެ ކަމަށް ވެމްކޯ އިން ބުނެފިއެވެ

ވެމްކޯ އިން ބުނީ އަންނަ މަހުން ފެށިގެން ހިޔާ ފްލެޓުތަކަށް އެކުންފުނިން ދޭ ހިދުމަތްތަކަށް ބިލު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ދެން ކުނި އުކައި ދޭނީ ކޮންމެ ގޭބިސީއަކުން 150 ރުފިޔާ ނެގުމުން ކަމަށް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ބިލް އަދި އެކައުންޓްގެ ތަފްސީލު ފޮނުވާނީ ރަޖިސްޓަރީ ކޮށްފައިވާ ފްލެޓްގެ ވެރިފަރާތުގެ ފޯނަށް އެސްއެމްއެސްއަކުން ދާނެ ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ. ގޭބީސީތަކަށް ދެނީ ދުވަހު ކުންޏަށް ހާއްސަ ހިދުމަތް ކަމަށާއި ބޮޑެތި ކުނި އުކާލުމަށް “ކޯލް އެންޑް ޕިކަޕް”ގެ ހިދުމަތަށް އެދުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

ވެމްކޯ އިން މިހާރު ކުނި އުކައި ދެނީ ވެމްކޯ އިން ފްލެޓުތައް ކައިރީގައި ބަހައްޓާފައި ހުންނަ ޑަސްބިންތަކަށް ކުނި އެޅުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ