ހަނިމާދޫ ސްކޫލް އިންޓަރ ހައުސް މަދަޙަ މުބާރާތުގެ ނިމުން ފާހަގަކޮށްފި، އެއްވަނަ ހުރަވީ ހައުސްއަށް

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސްކޫލް އިންޓަރ ހައުސް މަދަޙަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިރަސްމީއްޔާތު ޝަރަފުވެރި ކޮށްދެއްވީ ތައުލީމީ ދާއިރާއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝަޒިއްޔާ ޝާކިރު (ޝަޒިއްޔާ މިސް) އެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނިމާދޫ ސްކޫލް ހައުސްތަކުގެ މެދުގައި އެޕްރީލް 15، 16، 17 މި ތިން ދުވަހު ކުރިއަށް ގެންދެވުނު މަދަހަ މުބާރާތުގެ ފަހުރުވެރި އެއްވަނަ ހޯދާފައިވަނީ ހުރަވީ ހައުސްއެވެ. ހުރަވީ ހައުސް މިވަނަ ހޯދީ ފާށަނާ، ދޮށިމޭނާ، އަދި ޣާޒީ ހައުސްއާ ވާދްކޮށް އެންމެ މަތިން މާކްސް ހޯދައިގެނެވެ.

މުބާރާތުގެ 2 ވަނަ ހޯދީ ޣާޒީ ހައުސްއެވެ. 3 ވަނައަށް ދެ ހައުސްއެއް ވަނީ ހޮވެފައެވެ. އެއީ ފާށަނާ ހައުސް އަދި ދޮށިމޭނާ ހައުސްއެވެ. މި ދެހައުސް ވަނީ ލިބުނު މާކްސް އެއްވަރު ވެފައެވެ.

ބެލެނިވެރިން ގުރޫޕް މަދަހަ ތަކުން ފަހުރުވެރި އެއްވަނަ ހޯދީ ޓީމް ތާޖް އެވެ. ދެވަނަ ހޯދީ ޓީމް ރަންހާރެވެ.

މުދައްރިސުން ގުރޫޕް މަދަހަ ބައިން އެއްވަނަ ޓީމް ބިންގާ ހޯދިއިރު ދެވަނަ ޓީމަކަށް ހޮވުނީ ރަންތަރިއެވެ.

މިހާރު އަމަލު ކުރަން އަންގާފައިވާ، ވަނަ ދިނުމުގައި އަމަލު ކުރަން ޖެހޭ އުސޫލުން މި މުބާރާތުގައި ދެން ވަނަތައް ދީފައިވަނީ 7 ން މަތީގެ ދަރިވަރުންނަށެވެ. އެގޮތުން ސީނިއާރ ގުރޫޕުގެ އެންމެ މޮޅު 7 ދަރިވަރުން ވަނީ ހޮވާފައެވެ. ނަމަވެސް މާކްސް އެއްވަރު ވުމުން 10 ބައިވެރިން ވަނީ ހޮވިފައެވެ.

އެ ދަރިވަރުންނަކީ :

  • މަނާލް އަބްދުލް އަޒީޒް (ފާށަނާ ޖައުސް)
  • އާޔަން އިބްރާހިމް ސަވާދު (ދޮށޭނާ ޖައުސް)
  • ޒަހާ ޖައުފަރު (ދޮށިމޭނާ ހައުސް)
  • އައިމިނަތު ރައުފާ (ހުރަވީ ހައުސް)
  • އައިމިނަތު ނަދާ އަހުމަދު (ހުރަވީ ހައުސް)
  • ޝާޔާ އަހުމަދު ރައޫފް (ހުރަވީ ހުއުސް)
  • އައިމިނަތު މާޔާ ޢަބްދުލް މުހްޞިން (ދޮށިމޭނާ ހައުސް)
  • ފާތިމަތު ނާޝް ( ފާށަނާ ހައުސް)
  • ހިދާޔާ މުހައްމަދު (ހުރަވީ ހައުސް)
  • މަރްޔަމް އިބާ (ފާށަނާ ހައުސް)
އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ