ސިވިލް ކޯޓުގެ އިސް ޤާޟީ އަށް ފިޔަވަޅު އަޅައިފި

ޚަބަރު ފަހުގެ

ސިވިލް ކޯޓުގެ އިސް ޤާޟީ އަބްދުﷲ އަލީއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ ސިވިލް ކޯޓުގެ ޤަޟިއްޔާއިން ބައްލަވާ މައްސަލައަށް ހާޒިރުވުމަށްޓަކައި އަމުރު ލިބުނުއިރު، މެޖިސްޓްރޭޓް ކޯޓަކުން ބައްލަވާ މައްސަލައާ ގުޅިގެން ހަމަ އެ ފަރާތަށް، އެ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުވުމުގެ އަމުރު ލިބިފައިވާތީ، ފަހުގެ ތާރީހަކަށް ސިވިލްކޯޓުގެ މައްސަލަ ހަމަޖައްސައިދިނުން އެދި ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، ސިވިލް ކޯޓުގެ ޤަޟިއްޔާ ބާތިލުކުރުމުގައި އިސްޤާޟީ އަބްދުﷲ އަލީ އަމަލުކޮށްފައިވަނީ އަދުލު އިންސާފު ޤާއިމްކުރާ ދާއިރާގެ ހައިބަތާއި އިތުބާރު ގެއްލޭފަދަ ގޮތެއްގެ މަތިން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ފަނޑިޔާރުގެ ވާޖިބު އަދާކުރުމުގައި ތައައްސުބެއް އޮތްކަން ފެންނާންއޮތް ކަމަށާއި އަދި ފަނޑިޔާރުގެ އަދުލުވެރި ކަމާމެދު ސުވާލު އުފެދިދާ ގޮތުގެމަތިންކަން އިސްޤާޟީ އަބްދުﷲ އަލީގެ ބަހުންނާއި ލިޔެކިޔުންތަކުން މައްސަލައިގެ ތަހުޤީޤަށް ސާބިތުވާ ކަމަށެވެ.

ޖޭއެސްސީން ބުނެފައިވަނީ އިސްޤާޟީ އަބްދުﷲ އަލީގެ މި އަމަލަކީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ އަމަލަކަށް ވާތީ، އިސްޤާޟީއަށް ނަސޭހަތް ދިނުމާއެކު ޖޭއެސްސީން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ