ހަނިމާދޫން ބަންޑާރަ ގޯއްޗަށްއެދި ފޯމް ހުށައަޅާފައިވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ކައުންސިލުން 17 ފެބުރުއަރީ 2022 ވަނަ ދުވަހު ހުޅުވާލި ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށައެޅުމުގެ ފުރުސަތުގައި ފޯމް ހުށައެޅި ފަރާތަކުގެ ނަން ހާމަކޮށް ޝަކުވާއަށް ހުޅުވާލައިފިއެވެ.

ހަނިމާދޫ ކައުންސިލުން ބުނީ މިއަދު އާންމުކުރި ލިސްޓަށް އެއްވެސް ޝަކުވާއެއް ވާނަމަ 12 މެއި 2022 ވަނަ ދުވަހު 14:00 ކުރިން ހަނިމާދޫ ކައުންސިލަށް ލިޔުމުން ޝަކުވާ ހުށައެޅުމަށް އެދޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނިމާދޫ ކައުންސިލުން އާންމުކޮށްފައިވާގޮތުން ބަންޑާރަ ގޯއްޗަށް އެދުމަށް 608 ފަރާތެއް ފޯމް ނެގިއިރު ފޯމް ހުށައަޅާފައިވަނީ 505 ފަރާތަކުންނެވެ.

މިފަހަރު ހަނިމާދޫން ދޫކުރަނީ 3000 އަކަފޫޓްގެ 200 ބަންޑާރަ ގޯއްޗެވެ. މި ގޯތިތައް ލިބޭނެ ފަރާތްތައް ކަނޑައަޅާނީ ކުރިމަތި ލާފައިވާ ފަރާތްތަކުން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ. އެއް ފަރާތަށް ވުރެން ގިނަފަރާތްތަކުގެ ޕޮއިންޓް އެއްވަރު ވެއްޖެނަމަ ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ. އެ ގުރުއަތުލުން ބާއްވަނީ 48 ގަޑިއިރު ކުރިން އިއުލާންކޮށް އާންމުކޮށް ހުޅުވާލައިގެނެވެ.

ހަނިމާދޫން އެންމެ ފަހުން ގޯތި ދޫކުރީ މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ.

ހަނިމާދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށްއެދި ފޯމް ހުށައެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ