ފުވައްމުލަކުގައި ޑައިވިންގއަށް ދިޔަ މީހަކު ގެއްލިގެން ހޯދަނީ

ޚަބަރު ފަހުގެ

ފުވައްމުލައް ސިޓީގައި ޑައިވިންގއަށް ދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އޭނާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަ އިރު، ޑައިވިން އަށް ދިޔަ އެހެން މީހެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ގެއްލިގެން ހޯދަމުން ދަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ޑައިވިންގއަށް ގޮސްފައި ވަނީ ގެސްޓުންވެސް ގޮވައިގެންނެވެ.

އިތުރު ބަޔަކާއެކު ޑައިވިންގއަށް ގޮސް އުޅެނިކޮށް އޭނާ ގެއްލުނުއިރު، އެ މީހުން ޑައިވިންގއަށް ގޮސްފައި ވަނީ ރޯޔަލް ރެސްޓޯރެންޓާއި ދިމާލުންނެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެރަށު ނެރުކައިރިއަށް ޑައިވިންގއަށް ފޭބި މީހެއްގެ ހަބަރު ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުންެދާ ކަމަށެވެ.

އަދި އެ މީހާ ލައިގެން ހުރީ ކަޅުކުލައިގެން ޑައިވިންގ ސޫޓެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 15:45 ހާއިރުކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ